ޖުމްހޫރީޕާޓީގެ ޤައުމީ ހިންގާ ކޮމިޓީގެ 25 ވަނަ ބައްދަލްވުން ބޭއްވިއްޖެ

Thursday, June 11, 2009 0:37

މި ބައްދަލްވުން ބޭއްވިފައިވަނީ 10/5/09 ވީ ދުވަހުގެ ރޭ 21:00 ފެށިގެން 12:30 ޖުމްހޫރީޕާޓީ އޮފީހުގައެވެ

.

މަޝްވަރާ ބައްދަލްވުން 2 ބޭއްވިއްޖެ

Thursday, May 21, 2009 22:51

 

 

މަޝްވަރާ ބައްދަލްވުން21/05/2009ވީ ބުރާސްފަތި ދުވަހުގެ ރޭ 9:00-10:00 ޖުމްހޫރީޕާޓީގެ އިސްމެންބަރުންނާއި ޖުމްހޫރީޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހައް ކުރިމަތިލެއްވި ބޭފުޅުންނާއި އަދި ޕާޓީއަށް ހެޔޮއެދޭ މީހުންގެ މެދުގައި ބައްދައްލުވުމެއް ބޭއްވިއްޖެއެވެ. މިބައްދަލްވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެއްކުނީ ޖުމްހޫރީޕާޓީގެ ހަރަކާތްތައް އިތުރަށް ކުރިއެރުވުމުގެ ގޮތުން ކުރެވޭން އޮތްކަންތައްތަކުގެ މައްޗަށެވެ. އޭގެ ތެރެއިން ޖުމްހޫރީގެޕާޓީގެ ހަރަކާތްތައް އިތުރައް ކުރިއެރުވުމުގެ ގޮތުން އާންމުޖަލްސާތައް ބޭއްވުމާއި ކުދިކުދި ބައްދަލްވުން ބޭއްވުން އިތުރުކުރުމާއި ޖުމްހޫރީޕާޓީގެ ވަފުދުތައް ރަށްރަށަށް ގޮސް ޕާޓީގެ މެންބަރުން އިތުރުކުރުމުގެ ގޮތުން ހަރަކާތްތައް ހިންގުމަށް ހަމަޖެހުނެވެ

ނޫސް ބަޔާން

Tuesday, May 19, 2009 19:13
Comments closed

                                         JP-NB/2009/09

 

               ޖުމްހޫރީޕާޓީއިން ދެކޭގޮތުގައި ދައުލަތުގެ ބަންޑާރަނައިބުކަމުގެ ޙައިޘިއްޔަތުން އެމަޤާމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދު އަދާކުރައްވާފައިވަނީ  ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގައި ބަޔާންކުރާ ހަމަތަކުގެ މަތީންކަމާއި އަދި އެންމެހާ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ކަމުގައި މިޕާޓީން ޤަބޫލުކުރެއެވެ. އަދި ދައުލަތުގެ ބަންޑާރަނައިބުކަމުގެ މަޤާމަށް ….އިތުރަށް ވިދާޅުވޭ »

ޖުމްހޫރީޕާޓީގެ ޤައުމީ ހިންގާ ކޮމިޓީގެ 24 ވަނަ ބައްދަލްވުން ބޭއްވިއްޖެ

Monday, May 18, 2009 23:54

މިބައްދަލް ވުންބޭއްވިފައިވަނީ 18-05-2009 ވި ހޯމަ ދުވަހުގެރޭ 21:00 ފެށިގެން 11:30

ޖުމްހޫރީ ޕާޓީގެ މަޝްވަރާ ބައްދަލްވުމެއް ބޭއްވިޖެއެވެ

Saturday, May 16, 2009 23:37


ޖުމްހޫރީޕާޓީގެ އޮފީހުގައި
16 މެއި 2009 ވީ ހިނިހިރު ދުވަހގެ ރޭ 21:00 ގައި މަޝްވަރާ ބައްދަލްވުމެއް ބޭއްވުނެވެ. މިބައްދަލު ވުމުގައި ބާއިވެރިވެވަޑައިގަތީ ޖުމްހޫރީޕާޓީގެ ރަސްމީޓިކެޓުގައި މިފަހަރުގެ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ބައިވެރިވެވަޑާއިގެންނެވި ކެންޑިޑޭޓުންނާއި މި ޕާޓީގެ ކައުންސިލް މެންބަރުންނެވެ . މިބައްދަލު ވުމުގައި މަޝްވަރާކުރެވުނީ މިފަހަރުގެ މަޖިލީހުގެ އިންތިހާބުގައި މިޕަޓީގެ ފަރާތުން ވާދަކުރެއްވެވި ކެންޑިޑޭޓުންނަށް ކުރިމަތިވެވަޑައިގެންނެވި ދަތިފުޅުތަކާއި ބެހޭގޮތުންނެވެ. އަދި މި ބައަދަލުވުމުގައި ޖުމްހޫރީ ޕާޓީ ކުރިއެރުވުމަށްޓަކައި ކުރެވޭނޭ ކަންތައްތަކާއިމެދު ވެސްވަނީ މަޝްވަރާ ކުރެވިފައިވެއެވެ

ޖުމްހޫރީޕާޓިގެ އިސްލާމިކްވަހްދަތު ލީގްގެފަރާތުން އިލްމިވެރިންގެ ބައްދަލްވުން ބޭއްވިއްޖެ

Saturday, May 16, 2009 14:07

ޖުމްހޫރީޕާޓީގެ އިސްލާމިކް ވަހުދަތު ލީގުގެ ފަރާތުން އިންތިޒާމުކޮއްގެން ބޭއްވި އިލްމުވެރިންގެ ބައްދަލްވުމެއް 09/5/16 ވީ ހޮނިހިރުދުވަހު މެންދުރު 11:15 ގައި ޖުމްހޫރީޕާޓީގެ އޮފީހުގައި ބޭއްވިޖެއެވެ. މިބައްދަލްވުމަށް އިލްމުވެރިންގެ ތެރެއިން ވަޑައިގެންނެވީ އައްޝައިހް މުހައްމަދު އީސާ، އައްޝައިހް މުހައްމަދު މަނިކް، ފަޟީލަތުއްޝައިހް އުސްމާން އަބްދުﷲ އަދި އައްޝައިހް އަލީޝާރީފް އެވެ.

….އިތުރަށް ވިދާޅުވޭ »

ޙާއްސަ ދަންނަވާލުމެއް

Thursday, May 14, 2009 17:59

ޖުމްހޫރީ ޕާޓީ

 މޭލެ

 

ދަންނަވާލުން

ޖުމްހޫރީޕާޓިގެ އިސްލާމިކު ވަހުދަތުލީގުގެ ފަރާތުން އިންތިޒާމް ކޮށްގެން ބާއްވާ ޢިލްމުވެރިންގެ  ވަރަށް ޙާއްސަ ބައްދަލްވުމެއް

2009 /05/16/ ދުވަހު 11:00 ގައި ޖުމްޖޫރީޕާޓީގެ އޮފީސް މ. ޖަބޭލީ 3 ވަނަ ފަންގިފިލާގައި އޮންނާނެއެވެ. މިބައްދަލްވުމުގައި ވިހާ ގިނަ ޢިލްމިވެރިންނާއި މަޝްވަރާ ކުރުމަށް ބޭނުން ވާތީވެ މިޕާޓީގެ ފަރާތުން  ހުރިހާ ބޭފުޅުންނަށް ދަޢުވަތު އަރުވަމެވެ.

 އިތުރު މަޢުލޫމާތއް …

އަލީޝާރީފް (އިސްލާމީވަޙްދަތުލީގުގެ ނާޢިބު ރައީސް)

               (9728126)

ނޫސް ބަޔާން

Thursday, May 7, 2009 21:08


JP-LT/MED/05/2009/07 :   ނަންބަރު

ޖުމްހޫރީޕާޓީގެ ފަރާތުން އއ. މަތިވެރި ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް ނަންބަރު 1 އަލްފާޞިލް މޫސާ ރަމީޒް އަމިއްލަ އެދުމުގެ މަތިން ކެމްޕެއިން ކުރުންހުއްޓާލައްވާ ކެންޑިޑޭޓުންނާ އެކު ވާދަކުރުމުގެ ރޭހުން ވަނީ ވަކިވެފައެވެ.

ވީމާ މިވާހަކަ އއ. މަތިވެރި ދާއިރާގެ ލޮބުވެތި ރައްޔިތުންގެ މައުލޫމާތައްޓަކާ ދެންނެވީމެވެ.

07 މެއި 2009

ކޮމަންވެލަތު އޮބްޒާވަރުންގެ ޓީމަކާއެކު ޖުމްހޫރީޕާޓީގެ އޮފީހުގައި ބައްދަލްވުމެ ބޭވިއްޖެއެވެ

Tuesday, May 5, 2009 23:54

މި ބައަދަލްވުމުގައި ބައިވެރިވެ ވަޑައިގެންނެވީ ޕާޓީގެ ލީޑަރު އަލްފާޞިލް ޤާސިމް އިބްރާހިމް އާއި ޕާލިމެންޓް މެމްބަރު އަލްފާޞިލް މުހައްމަދު

ޝިހާބު އާއި ކައުންސިލް މެމްބަރު އަލްފާޞިލް އަލީ ޝަރީފް އެވެ. މިބައްދަލްވުން ބޭއްވުނީ 05/05/2009 ވީ ދުވަހު ހަވީރު 17:00 ފެށިގެން 18:35 ށެވެ.

ޖުމްހޫރީޕާޓީ ލީޑަރު ޤާސިމް އިބްރާހިމް

Sunday, May 3, 2009 23:04

ޤާސިމް އިބްރާހީމް، އަބަދުވެސް ރައްޔިތުންގެ ޚިދުމަތުގައި،

ރައްޔިތުން އެދޭ ބަދަލުތައް ރައްޔިތުންނަށް ގެނެސްދިނުމަށާއި ރާއްޖޭގެ މުސްތަޤްބަލް ބައްޓަންކުރުމަށްޓަކައި ޤާސިމް އިބްރާހީމް ފަދަ ބޭފުޅެއްގެ ލަފައާއި އިރުޝާދު ހޯއްދެވުން ކީއްތޯ؟


މަލްޓި-ޕާޓީގެ ޒަމާނީ ޑިމޮކްރަސީއަކަށް ދިވެހިޤައުމު ވާޞިލްކޮށްދިން ޤާނޫނު އަސާސީގެ ޢަމަލީ މަސައްކަތްތަކުގައާއި މިޤާނޫނު އަސާސީ ފާސްކޮށް ނިންމައި ދިނުމުގައި އެންމެބޮޑު ޙިއްޞާއެއް އަދާކުރީ ކާކުހެއްޔެވެ؟ ރާއްޖޭގައި ޑިމޮކްރަސީ ޤާއިމްކުރުމަށް 1990 ވަނަ އަހަރުން ފެށިގެން ކުރަމުންދިޔަ މަސައްކަތްތައް، ހުއްޓާނުލައި މިމަސައްކަތް ކުރުމުގައި ރާއްޖޭގައި ދެމިހުރީ ކާކުހެއްޔެވެ؟ އެހެންގޮތަކަށް ބުނާނަމަ، 1990 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ޑިމޮކްރަސީގެ “ހުޅުކޮޅު” ނިވުނަނުދީ ހިފެހެއްޓުނީ އެއަށް “ތެޔޮ” އަޅައިގެން ނޫން ހެއްޔެވެ. މިކަންތައްތަކުގައިވެސް އެންމެ މުހިންމު ދައުރެއް އަދާކޮށްފައިވަނީ ކާކުހެއްޔެވެ. ޝައްކެއް ނެތެވެ. އެއީ ޤާސިމް އިބްރާހީމް ފިޔަވައި ދެވަނަ ބޭފުޅެއް ނޫނެވެ

….އިތުރަށް ވިދާޅުވޭ »