ކެމްޕެއިން ޖަގަހަ ހުޅުވައި ދެއްވުން

ކ. ގުރައިގޫ ދާއިރާގެ ކެނޑިޑޭޓް ޢަލީ ޝާހީންގެ ކެމްޕޭން ޖަގަހަތަށް ޕާޓީގެލީޑަރު ޤާސިމް އިބްރާހީމް ހުޅުވައިދެއްވައިފި

ކ.އަތޮޅު ދާއިރާއަށް ކުރިމަތިލައްވާފައިވާ އަލްފާޟިލް އަލީ ޝާހީން ، ކ.ގުރައިދޫ އަދި ގުޅީ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތު 01 މެއި 2009 ވީ ހުކުރުދުވަހު ބާއްވަވައިފިއެވެ. މި ރަސްމިއްޔާތުގައި އަލްފާޞިލް ޤާސިމް ޢިބްރާހީމް އާއި، ރައްޔިތުންގެ މަޖިލީހުގެ މާލެއަތޮޅު މެމްބަރު އިސްމާޢީލް އަބްދުލް ޙަމީދުގެ އިތުރުން މިދެރަށުގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެވަޑާއިގެންނެވިއެވެ. އަދި މިޙަފްލާގައި ޚާއްސަ މެހެމާނާއި ކެނޑިޑޭޓް، ރައްޔިތުންނާ މުޙާތަބުކޮށް ވާހަކަ ދެއްކުން އޮތެވެ. ކެނޑިޑޭޓްގެ ވާހަކަ ފުޅުގައި، ވޯޓު ލުމަކީ އެތައްބައެއްގެ ޙައްޤެއްކަން ހަންދާންކޮށްކުރިމަތި ލައްވާފައިވާ ހުރިހާ ކެނޑިޑޭޓުންގެ ސާފް މަޢުލޫމާތު ރަގަނޅަށް ހޯއްދެއްވުމަށާއި، ކެންޑިޑޭޓުންގެ މާޒީއަށް ނަޒަރުހިންގައި، ނިންމުން ނިންމުމަށްބާރުއެޅުއްވިއެވެ.




މާޒީވެދިޔަތަނުގައިވެސް މިހާރުވެސް ޝާހީންއަކީ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެއްކަމުން މިކަމުން ޢިބުރަތް ޚާސިލްކޮށް ޝާހީންއަށް ވޯޓު ދެއްވަވައި ހޮއްވަވާދެއްވައި، ޤާނޫނީ ޙައިސިޢްޔަތެއް ދެއްވައިފިނަމަ، މުސްތަޤުބަލުގައިވެސް ޚިދުމަތް ކުރުންމަތީ ދެމިހުންނާނެކަމުގެ ޔަޤީކަން ރައްޔިތުންނަށް ދެއްވެވިއެވެ.

ޤާސިމްގެ ވާހަކަ ފުޅުގައި، ޝާހީންއަކީ މިރަށްތަކުގެ ކަންކަމުގައި ވިސްނާ، ދިމައިވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދަވާދެއްވުމަށް މަސައްކަތްކުރާ ސިޔާސީ، އިސްލާހީ މަސައްކަތުގައިވެސް ވަރަށް ހަރަކާތްތެރިކަމާއި، އެހީތެރިކަމާއި، އެއްބާރުލުން ދެއްވައި، ޤައުމުގެ ހެވާއި، ލާބައަށްޓަކައި ކުރިމަގުގައިވެސް އެހީތެރިކަން ފޯރުކޮށްދެއްވާނެ ބޭފުޅެއް ކަމާމެދު އެމަނިކުފާނު ޝައްކުނުކުރައްވާ ކަމަށް ވިދާޅުވިއެވެ. މި ދަތުރުގައި ގުރައިދޫ އަދި ގުޅީގައިވެސް ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުނެވެ. އަދި މާފުއްޓަށް ޒިޔާރަތްކޮށް މާފުށީގެ ރައްޔިތުންނާވެސް ބައްދަލު ކުރެއްވިއެވެ.