ޖުމްހޫރީ ޕާޓީގެ ލީޑަރާއި ޕީއޭގެ ލީޑަރު ހައްޔަރު ކުރީ ސިޔާސީ ގޮތުން ބިރުދައްކަން

ދިވެހި ސަރުކާރުގެ ހުރިހާ ވަޒީރުން އިސްތިއުފާ ދެއްވައި، ސަރުކާރު ވައްޓާލަން އުޅޭ ކަމަށް ބުނެ، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަލްފާޟިލް ޤާސިމް އިބްރާހީމް އާއި ޕީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަލްފާޟިލް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހައްޔަރުކުރެއްވީ، ޤާނޫނުއަސާސީގެ ރޫޚާ ޚިލާފަށް އަދި ޤާނޫނުއަސާސީން އެބޭފުޅުންނަށް ލިބިވަޑައިގެންފައިވާ އަސާސީ ޙައްޤުތަކަށް އެއްވެސް މިންވަރަކަށް އިޚްތިރާމް ކުރެއްވުމެއްނެތި، ސިޔާސީ ގޮތުން ބިރުދައްކައި، ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ސަރުކާރުގެ ނުފޫޒު ފޯރުވުމުގެ ބޭނުމުގައިކަމަށް މިޕާޓީން ދެކެމެވެ.
ދިވެހި ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ މިސަރުކާރުގެ މިޢަމަލު، އެންމެ ހަރުކަށި އިބާރާތުން، ޖުމްހޫރީ ޕާޓީން ކުށްވެރި ކުރަމެވެ.
  • ޙަބަރު
  • ޕާޓީ ލީޑާރ
  • ނޫސް ބަޔާން
  • ލިޔުން
  • ޢިޢުލާން
  • ދީނީ މަޢުލޫމާތު
  • މަޖްލީސް

ލިންކުސް

  • އިސްލާމީ ވަހުދަތު ލީގު
    • ޕާޓީގައި ރަޖިސްޓްރީ ކުރަން އެދޭ ފޯމް
    • ޕާޓީ އިން ވަކި ވުމަށް އެދޭ ސިޓީ
    • ޕާޓީގެ ގޮފި ރަޖސްޓްރީ ކުރުމަށް އެދޭ ފޯމް
    • ޕާޓީ ގޮފި ގާވާޢިދު
    • ޕާޓީ ގޮފި ގާވާޢިދު
    • ޕާޓީގެ މެނިފެސްޓޯ
    • ޕާޓީގެ އަސާސީ ގަވާއިދު

    © 2010 Jumhooreeparty